Tuesday, November 18, 2008

ފަލްކާގަ ރޯވެގެން ދިމާވި ހިތާމަވެރި ހާދިސާ


z

މެރިން އެކްސިޑެންޓް ރިޕޯޓް ނަމްބަރު 193، ނޮވެމްބަރ 2008

MARS 200875

ފަލްކާގަ ރޯވެގެން ދިމާވި ހިތާމަވެރި ހާދިސާ:

ރިޕެއަރ ޔާޑެއްގައި މަރާމާތު ކުރަމުންދިޔަ ޖެނެރަލް ކާގޯ ބޯޓެއްގެ ފަލްކާތެރޭގައި އެއްގަމުން މަސައްކަތް ކުރަން އައިސް އުޅުނު މީހަކު ގޭސް ކަޓަރު ބޭނުންކޮށްގެން އުޅަނދުގެ އަޕަރ ޓުވީންޑެކުގެ ޑެކް ޕުލޭޓިންގ ކަފަމުން ގެންދިޔައެވެ. މިފަލްކާއަށް އަރާ ފޭބެން ހުންނަނީ ހަމައެކަނި އެންމެ ތަނަކުންނެވެ. އެއީ ސިދާ ތިރިން މައްޗަށްވާގޮތަށް ހަރުކޮށްފައި ހުންނަ ހަރުގަޑަކުންނެވެ. ހަމަ މިފަލްކާ ތެރޭގައި އަދި އިތުރު 8 މީހަކު އެކިއެކި މަސައްކަތް ތަކުގައި ސާމިލުވެގެން ތިއްބެވެ. ޓޭންކްޓޮޕާއި ފަލްކާގެ އަރިމަތީގައި ހުރި ލަކުޑިއާއި އަދި ކުނިބުނީގެ އިތުރުން އަލިފާން ހިފާ ޒާތުގެ އެތިއެތިކޮޅުވެސް މިތަންތާނގާ ހުއްޓެވެ. އެއީ މައިގަނޑު ގޮތެއްގައި ޓުވީންޑެކާއި ފަލްކާގެ އަޑީގައިހުރި ނައްޓާލެވިފައިވާ އިންސުލޭސަން ފޯމުގެ ތަކެއްޗެވެ.

ލަފާކުރެވޭގޮތުން ތިރިއަށް ވެއްޓޭ އަލިފާންކަނި ނުވަތަ އެއްލާލެވޭ ސިގިރެޓް ފިލްޓަރުގެ ސަބަބުން ޓުވީން ޑެކުގައި ހުރި ތަކެތީގައި އަލިފާން ހިފައިގެން އެއްވެސް މީހަކަށް ނުފެނި ފުދޭވަރަކަށް ގިނައިރުވެގެން ދިޔައީއެވެ. އަޕަރ ޓުވީންޑެކުން އެއްވެސް ދަތިކަމެއްނެތި ތާޒާވައި ދައުރުކުރަމުން ދިޔުމާއިއެކު ދުމާއި ހޫނު ގޭސް އެސެސް ޓުރަންކުން އަރަންފެށިއެވެ.

މިހާތަނަށް ކަންތައްތައް ދިޔައިރު އަޑީފަލްކާގައި ރޯވެފައިވާ އަލިފާންގަނޑު މަސައްކަތްކުރާ މީހުނަށް ފެނިއްޖެއެވެ. އޭރު އަލިފާންގަނޑު ވަނީ މެދުތެރޭ ޓުވީން ޑެކާއި ހަމައަށް ފެތުރި އަރާފޭބެން ހުންނަ ސިޑިގޮޅި އާއިހަމައަށް ހުޅުގަނޑު ފެތުރިފައެވެ. މަތީގައިހުރި ގޭސްކަޓަރު އޮޕަރޭޓްކުރާ މީހާއަށް މިތަންފެނިގެން ދުއްވައިގަތީ އެލާމް އެޅުމަށެވެ.

ފަލްކާގެ އެންމެ އަޑީގައިތިބި މަސައްކަތު މީހުންގެ ތެރެއިން 3 މީހުން ވަރަށް ހިއްވަރުކޮށްގެން ސިޑިގޮޅީގައި ރޯވެފައިވާ އަލިފާން ގަނޑުގެ ތެރޭންލާފައި މައްޗައް އެރުނުނަމަވެސް އެމީހުންވަނީ ވަރަށް ބޮޑަށްފިހި އަނިޔާތައް ލިބިފައެވެ. ދުމުން ފުރިގެން އޮކްސިޖަން މަދުވަމުން ދިޔަ ފަލްކާގެ އެންމެ އަޑީގައި އިތުރު 5 މީހުން ތާށިވެފާ ތިއްބެވެ.

އެއްގަމުގެ ފަޔަރބުރިގޭޑް މީހުންއައުމަށްފަހު އަލިފާން ނިއްވުމުގެ ހަރަކާތްތަކާ ހަވާލުވެއްޖެއެވެ. އުޅަނދުގެ ކުރޫން ޙާސިރުކޮށް ހެޑްކައުންޓް ހެދިއިރުު ހުރިހާ ކުރޫންވެސް ހަމައަށް ތިއްބެވެ. އެހެންނަމަވެސް ފަލްކާތެރޭގައި މަސައްކަތް ކުރަންތިބި އެއްގަމުން އައި މީހުންގެ މައުލޫމާތާ ދޭތެރޭ ޝައްކު އުފެދުނެވެ. ފަޔަރބުރިގޭޑް މީހުން ޑެކުމަތިންނާއި އުޅަނދުގެ އަރިމަތިން ބައިވަރު ލޯވަޅުތަކެއް އަޅައިގެން ފަޔަރހޯސް ބޭނުންކޮށްގެން ފެންޖަހާ އަލިފާންގަނޑު ނިއްވާލިއެވެ. އަދި ފެންއެޅި ދުމުން ފުރިފައިވާ ފަލްކާގެ އެންމެ އަޑިއަށް ސާޗުކުރާ މީހުންފައިބައިގެން މަރުވެފައިވާ 2 މީހުންގެ ހަށިގަނޑު ނެގިއެވެ. އަދި އިތުރު 3 މީހުންގެ ފުރާނަ ވަނީ ސަލާމަތްކުރެވި ހޮސްޕިޓަލަށް ގެންދެވިފައެވެ.

ހާދިސާ މެދުވެރިވާން ދިމާވުމުގައި ފަރުވާކުޑަ ކުރެވިފައިވާ ކަމަށް ބެލެވޭ މުހިއްމު ކަންތައްތައް:

1.އަލިފާން ގެންގުޅެފައިވަނީ އެއްވެސް ކަހަލަ ރިސްކު އެސެސްމަންޓެއް ހެދުމަކާ ނުލައި ނުވަތަ ހޮޓްވާކް ޕާމިޓް ނެތިއެވެ.

2.ހައުސް ކީޕިންގެ ފެންވަރު ދައްވުމުގެ ސަބަބުން އަލިފާން ހިފާ ބާވަތުގެ ކުނިބުނިވަނީ ފަލްކާތެރޭގައި ގިނަވެފައެވެ.

3.އެއްގަމުން އައިސްތިބި މަސައްކަތްކުރާ ގިނަމީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އަދި މަސައްކަތްކުރާ ސަރަހައްދަށް ސިގިރޭޓްބުރި އެއްލާލުން ވަނީ މިމީހުންގެ އާދަ އަކަށްވެފައެވެ.

4.ފަލްކާ އަށް އަރާފޭބެން ހުރީ އެންމެ ސިޑިއެކެވެ.

5.ޑެކްމަތީގައި ފޯރިމަރާނޭ މީހަކު ނެތިފައި ހަމަ އެހެންމެ އަލިފާނުގެ ހާދިސާތަކަށް ފާރަލާނޭ މީހަކުވެސް ނެތްކަން ފާހަގަ ކުރެވެއެވެ.

6.ބޭރުން މަސައްކަތްކުރަން އަންނަ މީހުންގެ މައުލޫމާތުތަށް ރިޕެއަރ ޔާޑަށް ފުރިހަމައަށް ބެލިފައި ނުވާކަން ފާހަގަ ކުރެވިފައިވެއެވެ.

No comments: